ޑރ. ޚަލީލް ސަޢޫދީ ފޮރިން މިނިސްޓަރާއެކު މަޝްވަރާތައް ކުރިޔަށް ގެންދަވައިފި

ޑރ. ޚަލީލް ސަޢޫދީ ފޮރިން މިނިސްޓަރާއެކު މަޝްވަރާތައް ކުރިޔަށް ގެންދަވައިފި

Author
ހުސައިން
31 ޖެނުއަރީ 2025 02:51
0

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިސް ވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ގޮތުން އެ ޤައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާންއާއެކު ބޭއްވި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ.

މިނިސްޓަރު ޑރ. ޚަލީލް ވަނީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް އަބަދުވެސް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާ، އެ ޤައުމަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އެންމެ އިސް ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މީގެއިތުރުން، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް ޑރ. މާޖިދު ބިން އަބްދުﷲ އަލް ގަސާބީއާ ބައްދަލުކުރައްވައި، ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.