ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަހުގެ މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފި

ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަހުގެ މައްސަލައެއް ތަހުޤީޤު ކުރަން ފަށައިފި

Author
ހުސައިން
31 ޖެނުއަރީ 2025 12:36
0

ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަހުގެ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން ތަހުޤީޤު ކުރަން ފަށާއިފިއެވެ. މި މައްސަލައިގައި، 2024 ނޮވެމްބަރު 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލައި ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން 45 ފޮށިގަނޑުގެ ތެރޭގައި މިޔަރުމަހާއި މަޑިމަސް ފެނިފައިވެއެވެ.

"ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކުރެވިފައިވާއިރު، ކަސްޓަމްސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، 2024 ޑިސެމްބަރު 22 ވަނަ ދުވަހު ވަނީ އެ ތަކެތި ނައްތާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.