ފެންނަމުން ދަނީ ގާނޫނު އަސާސީ ފުނޑާލަމުންދާތަން: ފައިސަލް

ފެންނަމުން ދަނީ ގާނޫނު އަސާސީ ފުނޑާލަމުންދާތަން: ފައިސަލް

Author
ޙަސަން މުޙައްމަދު
30 ޖެނުއަރީ 2025 08:16
0

މިހާރުގެ ސަރުކާރުން ގާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމާ ގުޅިގެން ރޭ ބޭއްވުނު އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ނަސީމް ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ޙަޤީޤަތުގައި އިސްލާހެއް ނޫނެވެ. އެއީ ގާނޫނުއަސާސީ ފުނޑާލުމަށް ކުރެވުނު ކަމެކެވެ. މި ބަދަލާ ގުޅިގެން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުންނަށް މިހާރު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ގެނެވުނު ބަދަލެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނުއަސާސީއަށް މިފަދަ އިތުރު ބަދަލުތަކެއް ގެނެވިދާނެކަމުގެ ބިރު އޮތްކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަމަށް ރައްޔިތުން ފާރަވެރިވާން ޖެހޭކަމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން ދަނީ ރައްޔިތުންނަށް ދަތިވާފަދα ގިނα ކަންތައްތަކެއް ކުރަމުންކαމαށާއި، ވިޔαފާރިވެރިން ތިބީ ވަރαށް ނިކαމެތި ޙާލުގαއިކαމαށް ފައިސαލް ވިދާޅުވިއެވެ. މިކαންކαމާ ގުޅިގެން ސαރުކާރαށް އަޑުއިއްވުމαށްޓαކαއި އެމްޑީޕީން ބާއްވާ އެއްވުމުގαއި ބαއިވެރިވުމαށް އެމαނިކުފާނު ގޮވާލެއްވިއެވެ. އަދި މި އެއްވުމުގαއި އαތޮޅުތެރެއިން ވެސް ރαއްޔިތުން މާލެ އαއިސް ބαއިވެރިވުމαށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.