ގައުމީ އެއަރލައިނަށް ގިނަދުވަހު ހިދުމަތްކުރެއްވި ބޭފުޅެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ގައުމީ އެއަރލައިނަށް ގިނަދުވަހު ހިދުމަތްކުރެއްވި ބޭފުޅެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
ޢަލީ އާދަމް
30 ޑިސެމްބަރ 2020 01:07
0

ދިގު މުއްދަތަކަށް ގައުމީ އެއަރލައިން މޯލްޑިވިއަނަށް ހިދުމަތްކުރެއްވި، ހދ. ކުޅުދުއްފުށީ ވެޔޮދޮށުގޭ ޢަބްދުﷲ ޢަލީ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ޢަބްދުﷲ ޢަލީ ކުއްލިގޮތަކަށް ނިޔާވިއިރު ހުންނެވީ ދ.އަތޮޅު ކުޑަހުވަދޫ ހިންގަމުން އަންނަ ދާލު އެއާޕޯޓްގެ އެސިސްޓެންޓް އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައެވެ. ދާލު އެއަޕޯޓުން ބުނީ އޭނާ އިއްޔެވެސް ޑިއުޓީއަށް ނުކުންނެވި ކަމަށެވެ. އަދި އިއްޔެ އެއާޕޯޓްގައި ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއް ނުވެ ވަނީ ނިޔާވެފައެވެ.

ގައުމީ އެއަރލައިން މޯލްޑިވިއަންގެ މުވައްޒަފެއްގެ ގޮތުގައި ޢަބްދުﷲ ޢަލީ ގިނަދުވަހު ހިދުމަތްކުރެއްވީ ހދ. ހަނިމާދޫ އެއަރޕޯޓްގައެވެ.

ޢަބްދުﷲ ޢަލީގެ ކަށުނަމާދު އޮތީ އޭނަގެ އުފަންރަށް ކުޅުދުއްފުށީގައި މިއަދު މެންދުރު ނަމާދަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.