މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ފައިޞަލް ވަކިކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ފައިޞަލް ވަކިކުރައްވައިފި

Author
ހުސައިން
28 ޖެނުއަރީ 2025 10:32
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ.

މިނިސްޓަރ ފައިސަލް މަގާމުން ވަކި ކުރެއްވި ވަކި ސަބަބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް މިނިސްޓަރ ފައިސަލްއަށް ރައީސް މުއިއްޒުގެ އިތުބާރު ނޯންކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ޚަބަރުތަކެއް ފެތިރިގެން ގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.