އިޚުތިރަމޭ ކިޔައި ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވާރޭވުން ކާމިޔާބެއްނުވާނެ: ޝައިޚު ޒައިދު

އިޚުތިރަމޭ ކިޔައި ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވާރޭވުން ކާމިޔާބެއްނުވާނެ: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 11:14
0

އިޚުތިރާމޭ ކިޔައި ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވާ ނަމަ އެކަން ކާމިޔާބެއް ނުވާނެކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބައެއް މީހުން އިސްނަގައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާއި ދެކޮޅު، އެހެން ދީންތަކަށް އިޚުތިރާމް ކުރަންޖެހޭ، ކަމަށްބުނެ މުޒާހަރާ ކުރުމަށް ރާވާރޭވުމަށް އިޝާރާތްކޮށް ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އެހެން ދީންތަކަށް އިޚުތުރާމް ނުކުރާ ރައްޔިތަކު އުޅޭ ޤައުމެއް ނޫންކަމަށެވެ. ރާއްޖޭގައި ލޯކަލް ޓުވަރިޒަމްވެސް މިއަދު ފުޅާވެ އަތޮޅު ތެރެއަށްވެސް އެހެން ދީންތަކުގެ ފަތުރުވެރިން ދިޔަ ނަމަވެސް އެމީހުންނާއިބެހި، އަޚްލާޤީ މިންގަނޑުން ބޭރުން ރައްޔިތުންގެ އަަމަލުތައް ނުފެންނަކަމަށެވެ.

ދިވެހިންނަކީ އަބަދުވެސް އެހެން މީހުންނަށާއި، އެހެން ދީންތަކަށް އިޚްތިރާމު ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމަކަށްވާއިރު، އެހެން ދީންތަކުގެ މީހުންނަށް އިޚުތިރާމު ކުރުމުގެ ނަމުގައި އަޑިނޭގޭ އެހެން އެޖެންޑާއެއްގެ ދަށުން ދީނީ މިނިވަންކަމަށް ގޮވަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިންވެސް ދެކޮޅު ހަދާ ފިކުރެކެވެ. ހަރުކަށިކުރުގެ ގިނަ ބަޔަކު ރާއްޖޭގައިވެސް މަސައްކަތް ކުރާއިރު، ބައެއް ސިޔާސީ ބޭފުޅުންދަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ޑެންމާކުގެ ވާހަކަ ނުދައްކާ ޕާޓީ މީހާއަށް ރަނގަޅަށް ކަންކޮށްދޭ ވާހަކަ ތިދައްކަނީ އަންނި އަށް ދީނީ ގޮތުން ދަރަނިވެރި ވެފަ އޮތީތޯ?
ޢ ޢަލީ
ދެލޯފުޅާ ޒައިދު ތިއުޅޭ އަންނި އަކީ އިސްލާމް ދީނުގައި ބުނާ ގޮތް ނޫން އެހެން ގޮތެއް ހޯދަން ފާޅުގައި ވަކާލާތު ކޮށް ބުނަމުން ގެންދާ މީހެއް ކަން އެނގޭ ނޫންތޯ? އެ ވީޑިއޯ ނުބައްލަވަންތޯ?