މާލޭ ފަޅުތެރެއިން އަޑިޔަށް ދިޔަ ލޯންޗެއް އެމްއެންޑީއެފްއިން ފުންކޮށްފި

މާލޭ ފަޅުތެރެއިން އަޑިޔަށް ދިޔަ ލޯންޗެއް އެމްއެންޑީއެފްއިން ފުންކޮށްފި

Author
ހުސެއިން
22 ޖެނުއަރީ 2025 01:30
0

މާލޭ ދެކުނު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވާ ލޯންޗެއް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިންގެ މަސައްކަތުން ފެންމަތިކޮށްފިއެވެ.

އިއްޔެ ރޭ 7:47 ގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މައުލޫމާތު ލިބުނު ގޮތުގައި، ވިލާ ގޭސް އާ ދިމާލުގައިވާ އެއްގަމު ތޮށީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފައިވެއެވެ. މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ވަގުތުން އެ ސަރަހައްދަށް ގޮސް، ލޯންޗު ފެންމަތިކުރުމުގެ މަސައްކަތް ފަށައިގަތެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ މަސައްކަތަކަށްފަހު، ރޭގެ 10:00 އާ ހިސާބުގައި ސިފައިންނަށް ވަނީ އެ ލޯންޗު ފެންމަތިކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.