ހުޅުމާލޭގެ ގިނަ ސަރަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން: ސްޓެލްކޯ

ހުޅުމާލޭގެ ގިނަ ސަރަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން: ސްޓެލްކޯ

Author
ހުސައިން
19 ޖެނުއަރީ 2025 12:18
0

ހުޅުމާލޭގެ ގިނަ ސަރަހައްދުތަކުން ރޭގެ ވަގުތެއްގައި ކަރަންޓު ވަނީ ކެނޑުނީ، ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތުގައި ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މީގެ ތެރޭގައި ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށް އަދި އެމްޕީއެލްގެ ފްލެޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުތައް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން، ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާއިރު އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށްޓަކައި މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ފާހަގަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.