ފިޔޯރީގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ބީއެމްއެލްއާ ފިޔޯރީ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފިޔޯރީގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ބީއެމްއެލްއާ ފިޔޯރީ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
18 ޖެނުއަރީ 2025 10:47
0

ފިޔޯރީގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ފިޔޯރީ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ ހޯލުން 264 އަކަފޫޓުގެ ޖާގައެއް ކުއްޔަކާ ނުލައި ބީއެމްއެލްއަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ އޭޓީއެމް އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރިޔަށްގެންދާ މި މަޝްރޫޢުގައި ފިޔޯރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.

ބީއެމްއެލްއިން ބުނާ ގޮތުގައި މި ޚިދުމަތް ޤާއިމްކުރުމުން ފިޔޯރީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި 2025 ވަނަ އަހަރު ނިމުމުގެ ކުރިން އޭޓީއެމްގެ ޚިދުމަތް ފިޔޯރީގެ ރައްޔިތުންނަށް ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.