ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

Author
ހުސައިން
09 ޖެނުއަރީ 2025 03:40
0

މޫސުމާބެހޭ އޮފީހުން މިއަދު އިއުލާންކުރި ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މޫސުން ގޯސްވެ، ގުގުރުމާއެކު ވިއްސާރަވެހޭނެކަމަށް ލަފާކުރެވެއެވެ. މިކަމަށް ރައްޔިތުން ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރުވެސް މޫސުން ގޯސްވެފައިވާ މިންވަރުން ހުވަދު އަތޮޅަށް އޮރެންޖު އެލާޓެއް ނެރެފައިވާއިރު، މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާ މޫސުމެއްކަން ފާހަގަކޮށްފައިވެއެވެ. ފާއިތުވި ހަފްތާގައި މާލޭގައި ކުރި ބޯ ވާރޭއާ ގުޅިގެން ފެންބޮޑުވެ، 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.