އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ވިދާޅުވީ ޔަލަމްލަމް ކުންފުނީގެ ހަވާލުގައި އުމްރާ އަށް ގޮސް ހުއްޓައި ގެއްލުނު އުމްރާވެރިޔާ ފެނިިފައިވާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.
ގެއްލިގެން ހޯދީ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ.
ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށެވެ.
ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައި ކަމަށާއި އޭނާގެ ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައި އޮންނާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ. ހުސެއިން އުމްރާ އަށް ގޮސް އުޅެނީ އާއިލާ އާ ވެސް އެކުގައެވެ.