އއ. ތޮއްޑޫ

ތޮއްޑޫ ކައުންސިލްގެ ރައީސަށް ކުރާ ތުހުމަތުތައް ފުލުހުން ބަލަނީ

ތޮއްޑޫ ކައުންސިލްގެ ރައީސަށް ކުރާ ތުހުމަތުތައް ފުލުހުން ބަލަނީ

އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް، އެ ރަށުގައި މަސައްކަތް ކުރާ ތައިލެންޑްގެ އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ތޮއްޑޫގައި މަސައްކަތް ކުރާ ތައިލޭންޑް އަންހެނަކަށް އޭނާގެ ސްޕޮންސަރ އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ 18:50 ހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާއަކީ ކަރަމް ހިންގާ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރި މުވައްޒަފެކެވެ. އެމީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ވެސް ދިނެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *