އެއާޕޯޓު ތޮއްޖެހިދާނެތީ ވަގުތު އޮއްވާ އެއާޕޯޓަށް އައުމަށް އިލްތިމާސްކޮށްފި

އެއާޕޯޓު ތޮއްޖެހިދާނެތީ ވަގުތު އޮއްވާ އެއާޕޯޓަށް އައުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
27 ޑިސެމްބަރ 2024 10:22
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ދަތުރުވެރިންގެ ޚިދުމަތް ހޯދުމަށް ބޮޑު ތޮއްޖެހުމެއް އުޅޭތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ކުރިއާލާ އެއާޕޯޓަށް ވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލްއިން ވިދާޅުވި ގޮތުގައި މިއަދަކީ އެއަރޕޯޓަށް ވަރަށް ބޮޑަށް ބާރުވެފައިވާ ދުވަހެއް ކަމުން، ދަތުރުވެރިންނަށް ފަސޭހަ ތަޖުރިބާއެއް ކުރެއްވުމަށް ކުރިއާލާ ޕްލޭންކުރައްވައިގެން އެއަރޕޯޓަށް ވަޑައިގަތުމަކީ މުހިއްމު ކަމެކެވެ. އެމްއޭސީއެލްގެ މުވައްޒަފުން ދަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބޭނެ ކަމަށާއި، އުފާވެރި ޗުއްޓީއަކާއި ރައްކާތެރި ދަތުރުތަކެއް އެދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދުވަސްވަރެކެވެ. އަދި މިއީ އައު އަހަރު އަންނަ ދުވަސްވަރު ކަމުން ފަތުރުވެރިން އަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މި ސަބަބުތަކާ ހުރެ، މިއީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ބާރު ބޮޑުވާ ދުވަސްވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.