ކުރިއަށް އޮތް އަހަރު ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ބާރުވާނެ: ރައީސް

ކުރިއަށް އޮތް އަހަރު ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ބާރުވާނެ: ރައީސް

Author
އަހުމަދު
26 ޑިސެމްބަރ 2024 04:19
0

އަންނަ އަހަރަކީ ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާނެ އަހަރެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލިހަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު، އެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމަށެވެ.

އަދި މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.