މުސާރަ ނުދޭ މައްސަލައިގައި ރީކޯ މޫސަގެ ކުންފުނި ބްލެކް ލިސްޓު ކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ރީކޯ މޫސަގެ ކުންފުނި ބްލެކް ލިސްޓު ކޮށްފި

Author
ހުސައިން
25 ޑިސެމްބަރ 2024 05:44
0

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެއްބާރުލުން ނުދިނުމާ ގުޅިގެން، ރީކޯ މޫސާ މަނިކުގެ "މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފިއެވެ.

މި ކުންފުންޏަކީ ރިސޯޓާއި ގެސްޓްހައުސް ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އޭގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ރީކޯ މޫސާގެ އިތުރުން އޭނާގެ ދަރިންނެވެ.

މި ބާވަތުގެ މައްސަލަތަކުގެ ރިކޯޑް މި ކުންފުނިން ކުރިންވެސް ފެންނަން އޮތްކަން ލޭބާ ރިލޭޝަންސް އޮތޯރިޓީން ފާހަގަކުރިއެވެ. އެގޮތުން ދެމަސްކުރިންވެސް ހަމަ މިފަދަ މައްސަލައެއްގައި މި ކުންފުނި ބްލެކްލިސްޓް ކުރެވިފައިވެއެވެ.

ރީކޯ މޫސާއަކީ މި ކުންފުނީގެ ހިއްސާދާރެއްގެ އިތުރުން ބޯޑުގެ ޑިރެކްޓަރެއްވެސް މެއެވެ. އެ ކުންފުނިން ލ. އަތޮޅުގައި "ރަހާ ރިސޯޓް" ހިންގަމުން ގެންދެއެވެ. މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، މޫސާ މަނިކަށް ވިޔަފާރީގެ އުސޫލުން ދޫކޮށްފައިވާ ރަށްތަކެއްވެސް ވަނީ ބޭންކުން ނީލަމުގައި ވިއްކާލާފައެވެ. މި ރަށްތަކަކީ ލ. އަތޮޅު ފަރެސް، ކުޑަ ފަރެސް އަދި ބޮޑުހުރާއެވެ. ފަރެސް އަދި ކުޑަ ފަރެސްއަކީ ޓޫރިޒަމަށް ބޭނުންކުރާ ރަށްތަކެއްކަމަށްވާއިރު، ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ބޭނުންކުރާ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.