ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 12 މީހުން ބަންދުން ދޫކޮށްލައި، އެ މީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ.
ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި އެ މީހުން ހައްޔަރުކުރީ މިދިޔަ މަހު، ފުލުހުން އެޕާޓްމަންޓް ތެރެއަށް ގޮހެވެ. އޭރުގައި އެމީހުން ތިބީ ރަހީނުކުރި މީހާގެ ބޯ ބާލައި އިނގިލިތައް ބުރިކޮށްލަން ތައްޔާރުވެގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުން:
1. ގދ. ވާދޫ، ވެހި، އަލްމަން އަލީ ހާލިދު، 22
2. މ. ހަތިކަނޑު، މުހައްމަދު އިޒްކާން، 18
3. ޒުނައިޓް ވިލާ، ކ. ގުރައިދޫ، އިޒާން އަހުމަދު، 18
4. ދަންމަރު، ށ. ފޯކައިދޫ، އަހުމަދު ޒާހިދު، 36
5. ޖަމީލާ މަންޒިލް، ލ. މާވަށް، އާދަމް ހުސެއިން، 48
6. ހިޔާލީގުލްޝަން، ލ. އިސްދޫ، އިބްރާހިމް ނަޝީދު، 34
7. ނައިޓްސްޓާ، ބ. ގޮއިދޫ، އަހުމަދު ސަމީހު، 22
8. ވ. ގާމާ، އިސްމާއިލް ވިޝާމް މުހައްމަދު، 22
9. ޗިޗަންޑާގެ، ގދ. ވާދޫ، ވިޝާމް މުހައްމަދު، 23
10. ހުޅުމާލެ، ހިޔާ 14-17-03، ވިސާން މުހައްމަދު، 30
11. ޖަނަވަރީގޭ، ގދ. ވާދޫ، މުސްތާގް ޝާކިރު، 37
12. އާރެސް، މ. ކޮޅުފުށި، ހަސަން ގާލިބް، 38
އޭގެފަހުން އެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ މައްސަލައިގައި އިތުރު ހަތަރު މީހަކު ހައްޔަރުކުރިއެވެ. އިއްޔެ ހައްޔަރު ކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަނާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒުގެ އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލެވެ.