5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 50،000 އަށްވުރެ ގިން ގަސް އިންދައިފި

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 50،000 އަށްވުރެ ގިން ގަސް އިންދައިފި

Author
ޙަސަން މުޙައްމަދު
22 ޑިސެމްބަރ 2024 10:45
0

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކުރި ގޮތުގައި، އެ ކުންފުނިން މިހާތަނަށް 50،000 ގަހަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، ކޮންމެ މަހަކު އެވްރެޖްކޮށް 8،340 ގަސް އެކުންފުނިން ދަނީ އިންދަމުންނެވެ.

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ރައީސްގެ ކޮންމެ ވައުދަކީވެސް މިހާރުގެ އަދި އަންނަން އޮތް ޖީލުތަކުގެ މަންފާއަށް ވިސްނައި، ރޭވުންތެރިކަމާއެކު ކުރައްވާފައިވާ ވައުދުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ. ފަހުމީ އިތުރަށް ވިދާޅުވީ މި މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ދެމުންދާ އެއްބާރުލުން ފާހަގަކޮށްލެވޭ ކަމަށާއި، ބައިބައިވުން ދޫކޮށް ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި މިއަހަރުގެ ޖޫން 5 އިން ފެށިގެން އިއްޔެއާ ހަމައަށް ޖުމްލަ 52،334 ގަސް އިންދާފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ރައީސް މުއިއްޒު 5 މިލިޔަން ގަސް އިންދުމުގެ ވައުދު ވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައި ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.