ގެދޮރުވެރިޔާ ފްލެޓުތަކަށް އަލުން ފޯމް ހުށަހަޅަން ޖެހޭ ކަމަށް ބުނެ ސްކޭމެއް

ގެދޮރުވެރިޔާ ފްލެޓުތަކަށް އަލުން ފޯމް ހުށަހަޅަން ޖެހޭ ކަމަށް ބުނެ ސްކޭމެއް

Author
އަހުމަދު
22 ޑިސެމްބަރ 2024 07:36
0

މާލޭގައި މި ފަހުން ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން "ގެދޮރުވެރިޔާ" ފްލެޓުތަކަށް އަލުން ފޯމް ހުށަހަޅަން ޖެހޭ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ  ހައުސިންގ މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާ ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

އެހެންވެ މިކަމަށް ސަމާލުވާން ފުލުހުން ވަނީ އެދިފައެވެ.

ސްކޭމް ކޯލްތަކާއި މެސެޖްތައް މެދުވެރިކޮށް ފައިސާ ހޯދާ މައްސަލަ މި ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތައް ތަހުގީގުކޮށް ބައެއް މީހުންނާ މެދުގައި ފިޔަވަޅު އަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.