ގުރައިދޫގައި މަރުވި 4 މަހުގެ ކުޑަ ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

ގުރައިދޫގައި މަރުވި 4 މަހުގެ ކުޑަ ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

Author
އަހުމަދު
22 ޑިސެމްބަރ 2024 07:31
0

ކ. ގުރައިދޫގައި ނިޔާވި އުމުރުން ހަތަރު މަހުގެ ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސް، ހަށިގަނޑު ވަޅުލައިފިއެވެ.

ގުރައިދޫގައި ކުޑަކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވީ މި މަހުގެ 14 ގައެވެ.

އެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސް، މިއަދު އަސްރު ނަމާދަށް ފަހު ވަނީ ހުޅުމާލެ ސަހަަރާގައި ވަޅުލައިފައެވެ.

އެނގިފައިވާ ގޮތުގައި އެ ކުޑަ ކުއްޖާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައީ އެ ދުވަހުގެ ކުރީ ރޭގައެވެ. ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެއެވެ.

ކުއްޖާގެ ނޭފަތުން ލޭ އައުން ފިޔަވައި އިތުރު ޒަހަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.