ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ސައީދު އިސްތިއުފާ ދެއްވައިފި

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ސައީދު އިސްތިއުފާ ދެއްވައިފި

Author
ހުސައިން
17 ޑިސެމްބަރ 2024 09:51
0

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އޭނާގެ އިސްތިއުފާގެ ޚަބަރު ޕީއެސްއެމްގެ ބައެއް ބޭފުޅުންގެ ފަރާތުން އަވަސްނިއުސްއަށް ވަނީ ޔަގީންވެފައެވެ.

ސައީދު އިސްތިއުފާ ދެއްވީ، މަގާމަށް އައްޔަންކުރެވުނުތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުންނެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބަކީ ސިއްހީ ކަންތައްތަކެއް ހުރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ސައީދަކީ، މި ސަރުކާރުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެވުނު ދެވަނަ ފަރާތެވެ.

ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކަމަށްވާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރެވުނީ ބްރޯޑްކޮމްގެ ކުރީގެ މެންބަރު އަދި ނޫސްވެރިޔާ ޒީނާ ޒާހިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.