ބީއޭއެމްގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ނިންމި ނިންމުން ހައިކޯޓަށް ހުށަހަޅައިފި

ބީއޭއެމްގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ނިންމި ނިންމުން ހައިކޯޓަށް ހުށަހަޅައިފި

ގުޅުންހުރި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ހިންގުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ހަވާލުކުރަން ނިންމި ނިންމުން ސިވިލް ކޯޓުގައި ނާކާމިޔާބު ވުމުން، މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލައަކީ ކޮމިޝަނާ އޮފް ސްޕޯޓްސްއިން ބީއޭއެމްގެ ހިންގުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ހާމަކުރި ގޮތުގައި މި މައްސަލަ ހައިކޯޓަށް ހުށަހެޅިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުން ތަންފީޒުކުރެވިއްޖެނަމަ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދިވެހިރާއްޖެއާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކޮމިޝަނަރުގެ އެންގުން ބާތިލުކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް، ސިވިލް ކޯޓުން އެ އަމުރު ދިނުމަށް އިންކާރުކުރިއެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ނިންމީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ، އެފަރާތަށް ވަގުތީ ހުށަހެޅުމެއް ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށާއި، އެހެންކަމުން ވަގުތީ އަމުރެއް ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *