މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި

މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި

Author
އަހުމަދު
17 ޑިސެމްބަރ 2024 02:17
0

މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު މ. އަލަމާގޯޅީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރީ އުމުރުން 21 އަހަރުގެ އަލީ ޒަޔާން ނަމަކަށް ކިޔާ މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެ ޒުވާނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.