ރަސްފަންނުގައި ދެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ރަސްފަންނުގައި ދެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ގުޅުންހުރި

ރަސްފަންނު ސަރަހައްދުގައި ދެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުގެ ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސަންޖަޔާ ކުމާރު 28، އެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އެމީހާ ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ މީހެއްގެ ގައިގައި އަތްލާފައި ނުވާނެ ކަމަށެވެ. އެކަމަކު،  ކުރިމަތިން ދިޔައަންހެން މީހާ އެނބުރިފައި އޭނާގެ ގައިގައި އަތްލީ ކަމަށް ބުނެ މައްސަލަ ޖެއްސީ ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ.

އެމީހާ ބުނީ ރާއްޖޭގައި އުޅޭތާ ދެ އަހަރުވެފައިވާ އިރު، ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ