އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ މުއިސް އެއް އަމާޒު: މިނިސްޓަރ ޢާއިޝަތު ޝިހާމް

އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ މުއިސް އެއް އަމާޒު: މިނިސްޓަރ ޢާއިޝަތު ޝިހާމް

އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ޔޫއެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިންގް ސެންޓަރ ފޮރ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ފޮރ ޑިވެލޮޕްމަންޓް (އޭޕީސީއައިސީޓީ) އާ ގުޅިގެން މިއަދު ފެށި "އެމްޕަވަރިންގް ވިމެން އެންޓަރޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން" ޕްރޮގްރާމްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ ކުރިއެރުމަކީ ޢާއިލާތަކުގެ ކުރިއެރުމެވެ. އަދި މިއީ މުޖުތަމަޢުގެ ކުރިއެރުމަށާއި އިޤްތިޞާދު ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުތައް އިތުރަށް ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.

އެސްޑީއެފްސީއާ ގުޅިގެން "ފަށާ މަދަދު" ގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ލޯނު ސްކީމެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ސްކީމްގެ 25 ޕަސެންޓަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ބައެކެވެ. މިހާތަނަށް މި ލޯނު ސްކީމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް 60 ފަރާތަކަށް ވަނީ ފުރުޞަތު ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *