ދިވެހި އަންހެން ފުލުހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ދިވެހި އަންހެން ފުލުހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Author
އަހުމަދު
14 ޑިސެމްބަރ 2024 10:47
0

ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އަންހެން ފުލުހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ގުރައިދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ސާޖަންޓް ފާތުމަތު ރިފާ (ސާވިސް ނަންބަރު: 3455) އެވެ. އެނގިފައިވާ ގޮތުގައި ރިފާ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެންނެވެ. ބެލެވޭ ގޮތުގައި ރިފާ އަށް ޖެހުނީ ހާޓް އެޓޭކެކެވެ.

ރިފާ މަރުވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާ އިން ވަނީ ތައުޒިޔާ ކިޔައިފައެވެ.

ފުލުހުންގެ ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި ރިފާގެ ލޮބުވެތި އާއިލާއަށް، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

އަދި މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި ބަރުޒަހުގެ އާލަމް ތަނަވަސްކޮށް ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.