ސައިބާ ސެކިއުރިޓީއާ ގުޅޭ އެކްސްޕޯއެއް ބާއްވަން ނިންމައިފި

ސައިބާ ސެކިއުރިޓީއާ ގުޅޭ އެކްސްޕޯއެއް ބާއްވަން ނިންމައިފި

Author
އަހުމަދު
09 ޑިސެމްބަރ 2024 04:44
0

ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދިނުމުގެ އެކްސްޕޯއެއް ބާއްވަން ފުލުހުން ނިންމައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ހޯމް މިނިސްޓްރީން ބުނީ "ސައިބާ އެކްސްޕޯ 2024″ ގެ ބޭނުމަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމްކުރުމާއި އާންމުން ސައިބާ ސެކިއުރިޓީ އަށް އަހުލުވެރިކުރުން ކަމަށެވެ.

މިއީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

ސައިބާ ސެކިއުރިޓީ އަށް ބޭނުންކުރެވޭ ގެޖެޓްތަކާއި ސާވިސްތައް އެއްތަނަކުން އެކްސްޕޯގައި ބަލާލެވޭނެއެވެ. އަދި އާންމުކޮށް ކުރިމަތިވާ ސައިބާ އެޓޭކްތަކާއި އެފަދަ އެޓޭކްތައް ހުއްޓުވަން ކުރެވިދާނެ ކަންކަން އެ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީގައި މި އެކްސްޕޯ އިން ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.