މާލޭގެ ގެއަކުން ވައްކަން ކުރަން އުޅުނު މީހާގެ ގަޔަށް ފުށް އަޅާފައި ފުލުހުންނާ މިއަދު ހަވާލުކޮށްފިއެވެ.
ވައްކަން ކުރަން އުޅުނު މީހާ ވަނީ މާފަންނު ފީރޯޒް މަގުގައި ހުންނަ މަހާލްގެއަށެވެ.
އެ ގެއަށް ވަދެ އުޅެނިކޮށް، އެމީހާ ހިފަހައްޓައި މަގުމައްޗަށް ނެރެފައިވާ މަންޒަރު ފެންނަ ވީޑިއޯއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އަދި އެމީހާ ގަޔަށް ފުށް އަޅާފައިވާ މަންޒަރު ވެސް ފެނިފައިވެއެވެ.
ފުލުހުން ވަނީ ބިޑި އަޅުވައިގެން އެމީހާ ގެންގޮސްފައެވެ.
ފަހަކަށް އައިސް މާލޭގައި ވައްކަން ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކުރީ ވެސް ވައްކަމުގެ މައްސަލަތެކެކެވެ.
ކޮމެންޓު ފޮނުވާ