ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ދޭނަން: ރައީސް

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ދޭނަން: ރައީސް

އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ރަށުގައި މިހާރު ވެސް ގާތްގަނޑަކަށް 50 ގެސްޓްހައުސް ހިންގަމުން ގެންދާ ކަމަށެވެ. އަދި މިހާރު ވެސް އިތުރު 40 ގެސްޓްހައުސް މަޝްރޫއު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ތޮއްޑޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 3،000 އެއްހާ ޓޫރިސްޓުން އަރާނެ ރަށަކަށްވާތީ ޑޮލަރުގެ މުއާމަލާތް ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑޮލަރުގެ ވިޔަފާރި ތޮއްޑޫގައި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރުގެ އިތުރުކުރެވޭނެ ގޮތް ވާން ޖެހޭނެތީ އިރާދަކުރެއްވިއްޔާ ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ފަށާފައިވާ އިރު، ބީއެމްއެލްގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށެވެ. ރައީސް ވެސް ވިދާޅުވީ އެޓީއެމް ނެތް ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމެންވާ އިރަށް އޭޓީއެމް ބަހައްޓާނެ ކަމަށެވެ.

"އޭގެ ބޭނުމަކީ ރައްޔިތުން ދިރިއުޅޭ ގެދޮރާއި ކައިރިން ބޭންކިން ނިޒާމް ލިބިގެން ދިއުން. ހަމަހަމަކަން ގެނެސްދިނުން. ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ހުރި ރަށަކުން ބޭންކަކުން ނުވަތަ އޭޓީއަމްއަކުން ލިބޭ ހިދުމަތްތައް ލިބިގެން ދިއުން. އަދި ބައެއް އާބާދީ ބޮޑުު ތަރައްގީގެ ކަންތައްތައް ގިނަ ރަށްތަކުގައި ބްރާންޗްތައް ވެސް ގާއިމްކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭނުންވަނީ އެ މީހަކާ ގާތުން ތަފާތުކުރުމެއް ނެތި ހަމަހަމަކާއެކުގައި ބޭންކިން ނިޒާމްގެ ހިދުމަތް ގާއިމްކުރެވިގެންދިޔުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *