މުސާރަ ނުދޭކަމަށް ބުނެ އިހްތިޖާޖުކުރި ބިދޭސީންގެ މައްސަލަ ލޭބަ ރިލޭޝަންސް އޮތޯރިޓީން ބަލަން ފަށައިފި

މުސާރަ ނުދޭކަމަށް ބުނެ އިހްތިޖާޖުކުރި ބިދޭސީންގެ މައްސަލަ ލޭބަ ރިލޭޝަންސް އޮތޯރިޓީން ބަލަން ފަށައިފި

Author
ހުސައިން
07 ޑިސެމްބަރ 2024 07:31
0

މާލޭގައި މިއަދު މުސާރަ ނުދޭ މައްސަލައިގައި އިހްތިޖާޖުކުރި ބިދޭސީންގެ މައްސަލަ ލޭބަ ރިލޭޝަންސް އޮތޯރިޓީން ބަލަން ފަށައިފިއެވެ. މުލިއާގެ ސަރަހައްދުގައި މި އިހްތިޖާޖުގައި ބައިވެރިވެފައިވަނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ހިމެނޭ ގޮތަށް ޖުމްލަ 55 ބިދޭސީންނެވެ. އެހެންނަމަވެސް މި ބިދޭސީންނަކީ ކޮން ތަނެއްގައި މަސައްކަތްކުރަމުންދިޔަ ބައެއްކަން އަދި ވަނީ ހާމަވެފައެއް ނުވެއެވެ.

ފުލުހުންގެ ފަރާތުން މި ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށް، މިވަގުތު އެ މީހުން ބަންދުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. އިމިގްރޭޝަންގެ އޮފިޝަލެއްގެ ބަހުން، މުސާރަ ނުލިބޭކަމުގެ ގިނަ ޝަކުވާތަކެއް މި ބިދޭސީން ކުރަމުންދާތީ، ލޭބަ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ޑިޓެންޝަން ސެންޓަރަށް ޒިޔާރަތްކޮށް މި މައްސަލައިގެ ހަގީގަތް ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި މި ބިދޭސީންނާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ލޭބަ ރިލޭޝަންސް އޮތޯރިޓީން ނިންމާ ނިންމުންތަކަށް ރިއާޔަތްކުރާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ރާއްޖެއަށް ބިދޭސީން ގެނައުމަށްފަހު އެ މީހުންނަށް މުސާރަ ނުދިނުމުގެ މައްސަލައަކީ ދިގު މުއްދަތެއް ވަންދެން ޝަކުވާ އުފެދެމުންދާ މައްސަލައެއް ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.