2 ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

2 ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

Author
ޢަލީ އާދަމް
28 ޑިސެމްބަރ 2020 02:27
0

ވ. ފުލިދޫ އާއި ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

16.94 މިލިއަން ރުފިޔާ ހަރާދުވާނެކަމަށް ލަފާކޮށްފައިވާ ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފައި މި ވަނީ 350 ދުވަހުން ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި 210 މީޓަރުގެ އެއްގަމު ތޮށްޓާއި 270 މީޓަރުގެ ކަނޑު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 12 ހާސް ކިއުބިކް މީޓަރުގެ ވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހެދުމަށް ބޭނުން ކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީ އާ ދެން ހަވާލުކުރި ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި 25 މީޓަރުގެ ހިލަ ތޮއްޓަކާއި 235 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މި މަސައްކަތް އެމްޓީސީސީ އާ ހާވާލުކުރީ 100 ދުވަސްތެރޭ ނިންމުމަށެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.