މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން، 53، އެވެ.
ފުލުހުން ބުނީ ގުލާބީ މަގުގައި ހުންނަ ގެއަކުން ހަބަރު ހުސްވެފައިވާ މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ތަނަށް ގޮސް، އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްޗާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.