އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ނިމުމަކަށް

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ނިމުމަކަށް

Author
ހުސައިން
03 ޑިސެމްބަރ 2024 09:22
0

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކެރޮން ރޮސްލާ އާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އިއްޔެ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަކީ ސަފީރު ރޮސްލާގެ ވަދާޢީ ބައްދަލުވުމެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަފީރު ކުރެއްވި މަސައްކަތްޕުޅުތަކަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ކެރޮން ރޮސްލާއަކީ ދިވެހިރާއްޖޭގައި ދާއިމީކޮށް ހުންނަވާގޮތަށް އިނގިރޭސިވިލާތުން ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އޭގެ ކުރިން އިނގިރޭސިވިލާތުގެ ސަފީރުން ހުންނެވީ ސްރީލަންކާގައި ޤާއިމުވެވަޑައިގެންނެވެ. އެ ބޭފުޅުން ބައްލަވަމުން ގެންދެވީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ކަންތައްތަކެވެ. ސަފީރު ރޮސްލާ މަޤާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.