ފޭސްބުކް އެކައުންޓް ހެކްކޮށް، އެކި ފަރާތްތަކުން ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަނީ

ފޭސްބުކް އެކައުންޓް ހެކްކޮށް، އެކި ފަރާތްތަކުން ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ބަލަނީ

Author
ޙަސަން މުޙައްމަދު
28 ނޮވެމްބަރ 2024 09:31
0

އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެކި ފަރާތްތަކުން ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. މި މަޢުލޫމާތު ފުލުހުން ވަނީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައެވެ.

ފުލުހުންގެ މަޢުލޫމާތުން އެނގޭގޮތުގައި، މި މައްސަލައިގައި މީހަކު ހެކްކޮށްފައިވާ އެކައުންޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް މެސެޖްކޮށްގެން ފައިސާ ހޯދަމުން ގެންދާކަމަށް ވެއެވެ. ނަމަވެސް، މިހާތަނަށް ހޯދާފައިވާ ފައިސާގެ އަދަދާއި، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ވަނީ ހާމަނުކޮށެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމަނުކޮށް، ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ.

މިފަދަ ސައިބަރ ކުށްތައް، ޚާއްޞަކޮށް ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެހެން ފަރާތްތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް އާންމުކޮށް ހިނގަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.