ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ

Author
އަހުމަދު
27 ނޮވެމްބަރ 2024 01:55
0

ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ބޭރު ތޮށިގަނޑު ކައިރީގައި އަނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ ބޭރު ތޮށިގަނޑާ ދިމާލުން މޫދުގައި އަނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާއަށް އަނިޔާވީ ތޮށިގަނޑާ ދިމާލުން ދުއްވާފައި ދިޔަ "އުޅަނދެއް" ގައި ޖެހިގެން ކަމަށް ބެލެވެއެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.