ސްޓެލްކޯއިން ގުރައިދޫގައި އަންހެންވެރިންނަށް ހާއްސަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯއިން ގުރައިދޫގައި އަންހެންވެރިންނަށް ހާއްސަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ކުރިއަށް ގެންގޮސްފި

Author
ހުސައިން
27 ނޮވެމްބަރ 2024 07:26
0

ސްޓެލްކޯއިން ކ. ގުރައިދޫގައި އަންހެންވެރިންނަށް ހާއްސަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޯހަކީ ގުރައިދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްނެގުމުގެ ދަށުން، ސްޓެލްކޯއާ ގުޅިގެން ހިންގި ކޯހެއް ކަމަށްވާއިރު، މި ކޯހުގައި އެރަށުގެ 22 ކަނބަލުން ބައިވެރިވެފައިވެއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކޯހުގެ ބައިވެރިންނަށް ކަރަންޓުގެ އެންމެ އަސާސީ މަސައްކަތްތައް ކުރެވޭނެ ތަމްރީނު ދީފައިވެއެވެ. އަދި މީގެ އިތުރުން ގުރައިދޫ ރައްޔިތުންނާއި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކަރަންޓާ ބެހޭ މަޢުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ވެސް ބާއްވާފައިވެއެވެ.

މި ސެޝަނުގައި ކަރަންޓު އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާއި، ކަރަންޓު ބިލްތައް ތައްޔާރުކުރެވޭ ގޮތުގެ މަޢުލޫމާތު ދީފައިވާއިރު، ސުވާލާއި ޖަވާބަށް ހުޅުވާލައިގެން ބޭއްވި މި ސެޝަނަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި ކަރަންޓާ ގުޅިގެން ދިމާވާ ކަންތައްތަކާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، މީގެ ތެރޭގައި ކަރަންޓުގެ ބޭސިކް ކޯސްތައް ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.