ޓްރެފިކް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ޓްރެފިކް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

Author
އަހުމަދު
20 ނޮވެމްބަރ 2024 03:15
0

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ހޯދަނީ އަޙްމަދު ފާރިޝް، ތ. ބުރުނި / އަހިމާގެ (36އ) އެވެ.

ފުލުހުން ބުނީ ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުުހުން ވަނީ އަޙްމަދު ފާރިޝް، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، ނޮވެންބަރު 28 ވަނަ .ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.