ރައްޔިތުންގެ ވޯޓަކުން މެމްބަރުކަމުން ވަކި ކުރެވޭގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ ވޯޓަކުން މެމްބަރުކަމުން ވަކި ކުރެވޭގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ ވޯޓަކުން މެމްބަރުކަމުން ވަކި ކުރެވޭގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

މި އިސްލާހަކީ މަޖިލިސް މެންބަރުން މަޤާމުން ވަކިކުރުމުގެ ބާރު އެ ދާއިރާގެ ރައްޔިތުންނަށް ދިނުމަށް ހުށަހެޅި އިސްލާހެކެވެ.

މި އިސްލާހު ހުށަހެޅުއްވި އިރު، ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އެހެން އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ޕާޓީ ބަދަލުކުރާ މެންބަރުންނާއި އަމިއްލަގޮތުން އިންތިހާބުވުމަށްފަހު ޕާޓީއަކާ ގުޅޭ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހުށަހެޅުއްވި އިސްލާހެކެވެ.

މީކާއިލްގެ އިސްލާހުގައި ހިމެނެނީ މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އެ މެންބަރެއްގެ މަޤާމާމެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށެވެ. އަދި މެންބަރަކު މަޤާމުން ވަކިކުރުމަށް ދާއިރާގެ ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުސަތުވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

އިސްލާހުގައިވާ ގޮތުން، ސިޓީތައް ފިޔަވައި އެހެން ދާއިރާތަކުން މެންބަރަކު ވަކިކުރުމަށް ވޯޓުދޭ އާބާދީގެ 25 ޕަސެންޓުގެ ސޮއި ބޭނުންވާއިރު، މާލެ އާއި ސިޓީތަކުގެ ދާއިރާތަކަށް 15 ޕަސެންޓުގެ ސޮއި ހޯދަން ޖެހެއެވެ. އަދި މެންބަރަކު ވަކިކުރުމަށް ދާއިރާގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެ މެންބަރަކު ވަގުތުން ވަކިވާނެއެވެ. ނަމަވެސް، މެންބަރަކު ވަކިނުކުރުމަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، އެ މެންބަރަކު ދެން ހުންނާނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައެވެ.

މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓުދެއްވީ މި އިސްލާހު ބޭރުކޮށްލުމަށެވެ. އިސްލާހަށް ތާއީދުކުރެއްވީ އެންމެ 12 މެންބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިންސާފުވެރިވެފައި ޚަރަދުކުޑަ ގޮތަކަށްވާނީ ރައްޔިތުންނަށް އެމީހުން ހޮވާފައިވާ މެމްބަރު އިތުރަށް ބަހައްޓަން ފެނޭތޯ ބެލުމުގެގޮތުން ވޯޓަށް ހުޅުވާލާ ގިނަވޯޓް ލިބޭ ފަރާތައް ފުރުސަތު ދިނުން.

Leave a Reply

Your email address will not be published. Required fields are marked *