ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރޭ މާލޭގެ ގެސްޓު ހައުސްއަކަށް ނުކުޅެދޭ މީހަކު ގެންގޮސް އޭނާއަށް ޖިންސީ ގޯނާކުރި މައްސައާއި ގުޅިގެން ރޭ 7:30 ގައި ފުލުހުންނަށް ލިބުނު ރިޕޯޓާއި ގުޅިގެން މިހާތަނަށް މިމައްސަލާގައި ފުލުހުން ވަނީ 40 އަހަރު މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް މިމައްސަލަ ބަލަން ފަށާފައެވެ.
ހައްޔަރު ކުރި މީހާ ގެސްޓްހައުސްގެ ތެރޭގައި އިންދާ ފުލުހުންނާއިއެކު ބަޔަކު އެތަނަށް ވަދެ، ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެތަނުގައި ތިބި ބަޔަކު ވަނީ ގެސްޓްހައުސްގެ އެނދުމަތީގައި އިން މީހާ އާއި ސުވާލުކޮށް، ޖިންސީ ގޯނާ ލިބުނު މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ ސުވާލު ކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ގެސްޓްހައުސެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައި ވާއިރު އިއްޔެ ފުލުހުން ވަނީ ކާފަ ދަރިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 66 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ކޮމެންޓު ފޮނުވާ