ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސްގެ ޚާއްސަ މެސެޖެއް ފަލަސްތީނަށް

ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސްގެ ޚާއްސަ މެސެޖެއް ފަލަސްތީނަށް

Author
ހުސެއިން
15 ނޮވެމްބަރ 2024 09:50
0

ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޤައުމުގެ ރައީސް ޑރ. މަހްމޫދު އައްބާސްއަށާއި، ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާއަށް މެސެޖެއް ފޮނުއްވައިފައެވެ.

މި މެސެޖުގައި ރައީސް މުއިއްޒު ވަނީ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އެ ބައިމީހުންގެ ސާބިތުކަމާއި ހިތްވަރަށް ތައުރީފްކުރައްވައި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް އެ ޤައުމަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށްކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަންވެސް އަންގަވައިފައިވެއެވެ. މީގެއިތުރުން ފަލަސްތީނުގެ ރައީސާއި ބޮޑުވަޒީރާއި އެޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.