ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ރާއްޖޭގެ އެއްބާރުލުން ލިބޭނެ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ރާއްޖޭގެ އެއްބާރުލުން ލިބޭނެ: ފޮރިން މިނިސްޓްރީ

Author
އަހުމަދު
15 ނޮވެމްބަރ 2024 05:58
0

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަންކަން އިއުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލް ވަނީ ފަލަސްތީނުގެ ގައުމުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު، މުހައްމަދު މުސްތަފާ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މިންނެއް މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެ ކަމަށާއި ފަލަސްތީނުގެ ހައްގުތައް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއެރުވުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެ އިން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.