ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާއަށް ޑިމާންޑް ކުރި މައްސަލައެއްގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފައެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އެކަކެވެ. އެކަމަކު، ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
ތޮލާލު މޫސާ، 37، މާލެ
ހުސާމް އިބްރާހިމް، 34، ރަތްބަގީޗާގެ/ހދ.ކުމުންދޫ
އާދަމް ޝަރީފް، 36، ރަތްބަގީޗާގެ/ހދ.ކުމުންދޫ
ހުސެއިން ހައިކަލް ނިޔާޒް، 23، ގ. ކަޅަގާރިމާގެ
އަހުމަދު ރިޝްފާން، 26، ހުޅުމާލެ
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ދިވެހި މީހާ ކާރު ތެރޭ ރަހީނުކުރުމަށް ފަހު، އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށެވެ. އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައިގެން ފައިސާއަށް ޑިމާންޑުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ