އަންނަ އަހަރު ޖުލައި 18، 25 ސަރުކާރު ބަންދު

އަންނަ އަހަރު ޖުލައި 18، 25 ސަރުކާރު ބަންދު

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 03:45
0

2021 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 2 ދުވަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވައިފިއެވެ.

އަންނަ 2021 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާނީ ޖުލައި 18 (އާދިއްތަ) އަދި 25 (އާދިއްތަ) ދުވަހެވެ. މި ދެދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ކަނޑައަޅައި ކަލަންޑަރުގައި މިހާރުވަނީ ހިމަނާފައެވެ.

މި ދެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދެ ދުވަހަކީވެސް ދެ ބަންދަގެ ދޭތެރެއަށް ދިމާވާ ދުވަސްތަކެއް ކަމަށް ވުމުންނެވެ. ޖުލައި މަހުގެ 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. ޖުލައި 18 އަށްވާ އާދިއްތަ ދުވަސް ބަންދު ކޮށްފައިވަނީ ހަފްތާ ބަންދަށްފަހު ހައްޖު އަދި އީދު ބަންދާ ދިމާކޮށް އަންނަ ބަންދު ނޫން ދުވަހަކަށް ވާތީއެވެ. ޖުލައި 25 ވަނަ ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހާއި އޭގެ ކުރިން އަންނަ ހަފްތާ ބަންދާއި ދިމާކޮށް އަންނަ ރަސްމީ ދުވަހަކަށްވާތީ އެވެ.

މިބަލާއިއެކު އަންނަ އަހަރު ޖުލައި26 އާިއ ގުޅިގެން ލިބޭ ޗުއްޓީ ވަރަށް ބޮޑުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.