ކައިވެނީގެ ރަނަށް ދައްކަންޖެހޭ 85،000 ރުފިޔާ ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ހުކުމް ކޮށްފި

ކައިވެނީގެ ރަނަށް ދައްކަންޖެހޭ 85،000 ރުފިޔާ ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ހުކުމް ކޮށްފި

Author
ހުސައިން
08 ނޮވެމްބަރ 2024 10:09
0

ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ކައިވެނީގެ ރަނުގެ ގޮތުގައި ދައްކަންޖެހޭ 85،000 ރުފިޔާ ނުދައްކައިގެން، އެ ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ހުކުމް ކޮށްފިއެވެ. މި މައްސަލަ ކޯޓަށް ހުށަހެޅިފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ.

މި ދެމަފިރިން ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހުއެވެ. އަދި ވަރި ސާބިތުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 19 ގައެވެ. ފެމިލީ ކޯޓުން ފާހަގަކުރި ގޮތުގައި، އެ ފިރިހެނާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއްގެ އިތުރުން، އޭނާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރުގައިވެސް އަނބިމީހާއަށް އެއްވެސް ހަރަދެއް ކޮށްފައިނުވާ މީހެކެވެ.

މިކަން މިގޮތަށް ހުރުމާއެކު، އަންހެންމީހާގެ ފަރާތުން ވަނީ ރަނުގެ ފައިސާ އެއްފަހަރާ ދެއްކުމަށް އެދިފައެވެ. ނަމަވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްގާޒީ އިބްރާހިމް މާހިރު އިއްވި ހުކުމުގައި ވަނީ، މިމަހުން ފެށިގެން ކޮންމެ މަހަކު 8،500 ރުފިޔާގެ ރޭޓުން 10 މަސްދުވަހުގެ ތެރޭގައި ރަނުގެ ފައިސާ ދައްކާ ހަލާސްކުރުމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.