ޖަޕާނު ސަރުކާރުން ދޭ "އޯޑާ އޮފް ދަ ރައިޒިން ސަން"ގެ ޝަރަފު ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް އަރުވައިފި

ޖަޕާނު ސަރުކާރުން ދޭ "އޯޑާ އޮފް ދަ ރައިޒިން ސަން"ގެ ޝަރަފު ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް އަރުވައިފި

ޖަޕާނު ސަރުކާރުން "އޯޑާ އޮފް ދަ ރައިޒިން ސަން"ގެ ޝަރަފު ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް އަރުވައިފިއެވެ.

މި ޝަރަފަކީ ހާރިޖީ ދާއިރާގައި 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ، ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖަޕާނުގެ ރަސްގެފާނުގެ ފަރާތުން އަރުވާފައިވާ ޝަރަފެކެވެ.

މި ޝަރަފާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ "އެކްސް" މެދުވެރިކޮށް ހަލީލަށް މަރުހަބާ ދަންނަވާފައެވެ. ސޯލިހް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށާއި، ހަލީލަކީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ހަލީލަށް މަރުހަބާ ދަންނަވާފައެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި ހަލީލަކީ މި ސަރަހައްދުގެ އެންމެ ތަޖުރިބާކާރު އަދި ހުނަރުވެރി ޑިޕްލޮމެޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށާއި، މިދިޔަ ސަރުކާރުގައިވެސް ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ޖަޕާނު ސަރުކާރުގެ މި މަތިވެރި ޝަރަފުގެ އިތުރުން، މިދިޔަ ސަރުކާރުންވެސް ވަނީ ހަލީލްގެ އަގުހުރި ހިދުމަތްތަކަށް ބައްލަވައި، އެމަނިކުފާނަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އަރުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *