މާލެ ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއަށް ޗައިނާނެ ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް މާލޭގައި

މާލެ ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީއަށް ޗައިނާނެ ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް މާލޭގައި

Author
ހުސެއިން
05 ނޮވެމްބަރ 2024 12:01
0

ޗައިނާ ސަރުކާރުން މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ދޭ ހިލޭ އެހީގެ ދަށުން މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް އެ ގައުމުގެ ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް ރާއްޖެ ވަޑައިގެންފައިވާކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ހާމަކޮށްފިއެވެ.

އިއްޔެ މިނިސްޓްރީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވި ޗައިނާގެ ޓީމުން މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ސައިޓް ސާވޭތަކާއި ޑޭޓާ ކަލެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް ދޭން ނިންމި 130 މިލިއަން ޑޮލަރުގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޕްލޭނާއި ޑިޒައިން އެކުލަވާލުމުގެ މަސައްކަތެކެވެ. އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.