ޒިއޯން މޯބައިލްސް ފިހާރަ ފަޅާލި މީހާ ހައްޔަރުކޮށްފި

Author
ހުސެއިން
04 ނޮވެމްބަރ 2024 07:32
0

މާލޭގެ މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް 4 ފިހާރަ ފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފިހާރައިގެ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލަނީ ފިރިހެނެކެވެ. އޭނާގެ ފަރާތުން އެއްވެސް ބިރެއް، އަދި ހާސްކަމެއް ނުފެނެއެވެ. އޭނާ ބިއްލޫރިގަނޑު ތަޅާލި ގަޑީގައި އެ ސަރަހައްދުން މީހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އޭނާ ފިހާރައަށް ނުވަދެ ދަނީއެވެ.

ފިހާރައަށް ވަދެ އެ ތަނުގައި ހުރި އެއްޗެހި ގެންދަނީ އެހެން މީހެކެވެ.

އަދި ފިހާރައިގެ ތެރޭގައި އެމީހާ ހަރަކާތްތެރިވާ އިރުވެސް ފިހާރައިގެ ބޭރުގައި މީހުން ހަރަކާތެރިވާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރި އިރު އެ ފިހާރައިން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ނުވަ ފޯނު ފެނިފައިވާ ކަމަށެވެ. ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ފަތިހު 5:35 ހާއިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.