ފުލުހުން ބަލަމުންދާ މައްސަލައެގައި ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްްސަލައިގައި ހޯދަމުންދަނީ ޙަސަން އައިމަން އަޙްމަދު، މ. ހޯރަވިލާ / މާލެ، (31އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުނަވަނީ ނޮވެންބަރު 7 ވަނަ ދުވަހު 14:00 ގެ ކުރިން ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައެވެ.