އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ބ. ތުޅާދޫ، އަނޯނާގެ، ނާޝިޠު އިބްރާހީމް (23އ) ހާޒިރުކުރުމަށް އޭނާ ފުލުހުން އިއުލާން ކޮށްފިއެވެ. އައިޑީ ކާޑު ނަންބަރު A249872 ގެ ނާޝިޠު އިބްރާހީމް، އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް 2024 ނޮވެމްބަރު 4 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.
މި އިއުލާނަކީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކުރެވުނު އިއުލާނެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ކައުންޓާފިޓާއި ފޯޖަރީ ހެދުމުގެ 134 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.