ގުޅީފަޅު ކައިރިން ކަނޑުމަތިން ދެ ލޯންޗެއް މުޑިއަރާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގުޅީފަޅު ކައިރިން ކަނޑުމަތިން ދެ ލޯންޗެއް މުޑިއަރާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Author
ހުސެއިން
25 އޮކްޓޯބަރ 2024 08:42
0

ގުޅީފަޅު ކައިރިން ކަނޑުމަތީ ދެ ލޯންޗެއް މުޑިއަރާ ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފި އެވެ.

ފުލުހުން ބުނީ, ގުޅީފަޅު ކައިރީގައި ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 7:34 ހާއިރު ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި 4 މީހަކު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ…

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.