މާރާމާރީއެއް ނުހިންގަން، ކަފަބުރު ނޭފަތުގެ ތެރޭގައި ތަޅުވައިގަތުމުން އަތް ދުރަށްލިން: އިކްރާމް

މާރާމާރީއެއް ނުހިންގަން، ކަފަބުރު ނޭފަތުގެ ތެރޭގައި ތަޅުވައިގަތުމުން އަތް ދުރަށްލިން: އިކްރާމް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 09:13
0

މާފަންނު މަދަރުސާގައި ހުރި ކޯވިޑް ރެޕިޑް ރެސްޕޯންސް ޓީމުގެ ސާމްޕަލް ނަގާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާ ދިންކަމަށްބުނެ ފަތުރާ ވާހަތައް އޭނާ ދޮގުކޮށްފި އެވެ.

އިކްރާމްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މަރީ ހިންގަފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް ރޭ އިކްރާމް މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑީޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.

އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗް އިން އެކަން ކޮށްދިންކަމަށެވެ. މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅު ވިއެވެ.

މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލައްވާފަ ތަޅުވަލީމާ ތަދުވި ވަރުން އެކަފަބުރު ނެރުމަށް މޫނާއި ދިމާލުގައި އިން އޭނަގެ އަތް ދުރަށްލިން. އަދި ވަރަށް ރުޅިއައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެކަމަށް. އަދި އޭނައަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހުނު. ނަމެއް ނުބުނި. މިޔަށްވުރެ ބޮޑުކަމެއް ނުހިނގާ.

– އިކްރާމް

ފުލުހުން ވަނީ އެމައްސަލަ ތަޙްޤީޤު ކުރަމުން ގެންދާކަން ވިދާޅުވެފަ އެވެ. ފުލުހުން ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހާ އަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރޭ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ސާމަޕަލް ނަގަން އުޅުނު މީހަކަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ދިން ހަމަލާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިންނާއި، ޓީޗާސް އެސޯސިއޭޝަނުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

މި ހާދިސާއާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި އިކްރާމް އަށް ފާޑުކިޔަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.